ބޯކޮށް ވާރޭވެހި ނައިފަރުގައި ފެން ބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ޅ. ނައިފަރުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެއްޖެއެވެ.

ނައިފަރުގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ހިންދުމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ޅ. ނައިފަރު ފަޔާރ ސްޓޭޝަންގެ މުވައްޒަފުން ދަނީ ޙަރަކާތްތެރިވަމުންނެވެ. ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތްކުރަމުންދާއިރު، ގޭގެއަށް ފެންވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ބައެއް ގޭގޭގައި ވެލިބަސްތާ ޖަހާފައިވާކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

އަދި ފެންގަނޑު ބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.

މި ވިއްސާރައިގައި ނައިފަރުގެ އިތުރުން އައްޑޫ ސިޓީ، ޏ. ފުވައްމުލަށް އަދި ހއ. ގެ ބައެއް ރަށްތައްވެސް ހިމެނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވެފައިވާއިރު، މެޓް އޮފީހުން މިއަދު ހަވީިރު ނެރެފައިވާ ވައިޓް އެލާރޓުގެ ވަގުތުވަނީ މިރޭގެ ދަންވަރާއި ހަމައަށް އިތުރުކޮށްފައެވެ.

https://feshun.wonstasite.com/115433

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ