ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ނެރުނު އެލާޓްގެ ވަގުތު އިތުރުކޮށްފި

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

އެ އިދާރާއިން މިއަދު ހަވީރު ނެރެނު އެލާރޓްގެ ވަގުތު މިރޭގެ ދަންވަރު 01:15 އާއި ހަމައަށް އިތުރުކޮށްފައިވާއިރު، އެލާރޓްގެ ވަގުތުގައި އެލާރޓް ނެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކިރެވޭކަމަށްވެސްވަނީ ބުނެފައެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭވާކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ބުނެފައެވެ.

މިއަދު ހަވީރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެނު އެލާރޓްގެ ވަގުތު މިރޭގެ ދަންވަރު 01:15 އާއި ހަމައަށް އިތުރުކޮށްފައިވާއިރު، ބޯކޮށްވާރޭ ވެހި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެން ބޮޑުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ