ފޮޓޯ: ރައީސްނަޝީދު.ކޮމް

ކަރަންޓީން ނުވެ ކެމްޕެއިންއަށް ގޮސް ދޮރުން ދޮރަށް ނުހިނގޭނެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް މާލެއާއި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުން އަތޮޅު ތެރޭގެ އެހެން ރަށްރަށަށް ދަތުރު ކުރެވުނު ނަމަވެސް ދޮރުން ދޮރަށް ނުހިނގޭނެ ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކެމްޕެއިންއަށް މާލެ އިން ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭގެ އުޞޫލަށް ގެނެވުނު ބަދަލާއެކު ގިނަ ބައެއްގެ ފަޑު ކިޔުމާއި ނުރުހުން ވަނީ އެޗްޕީއޭ އަށް އަމާޒުވެފައެވެ.

މި އުޞޫލާއި ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރަށްރަށަށް ދެވޭ ގޮތަށް އުޞޫލު ބަދަލު ކުރިނަމަވެސް އެ ހުއްދަ ދީފައިވަނީ ހަރުކަށި ގައިޑްލައިންތަކެއްގެ ދަށުންކަމަށެވެ. އަދި އެ ފުރުޞަތަކީ އިންތިޚާބާއި ގުޅޭ ޤާނޫނުގެ ދަށުން ދިނުމަށް ލަޒިމްކުރާ ފުރުޞަތެއްކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން ރޭ އާންމު ކުރި އުޞޫލުގައި ބުނެފައިވާ ގޮތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް މާލެއިން އަތޮޅުތެރޭ ރައްތަކަށް ކަރަންޓީން ނުވެ ފަސް ދުވަހުގެ މުއްދަތަށް ދެވޭނެއެވެ.

މިގޮތަށް ހުއްދަ ދިން ނަމަވެސް އެ އެޖެންސީ އިން ވަނީ މިކަމަށް ގައިޑްލައިންތަކެއް ކަނޑައަޅާފައެވެ.

އެގޮތުން ހާއްސަ ހުއްދައިގެ ދަށުން ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދައި ޚާއްސަ އުސޫލުގެ ދަށުން ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރ ޓެސްޓުގެ ނެގެޓިވް ނަތީޖާ އެއް އޮންނަންޖެހެއެވެ.

މީގެ އިތުރުން މި އުޞޫލުގެ ދަށުން ކެމްޕެއިންއަށް ރަށްރަށަށް ދެވޭނީ ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށާއި، އަދި ފަސް މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށްވެސް ގައިޑުލައިނުގައިވަނީ ކަނޑައަޅައިފައެވެ.

ޑރ. ނަޒްލަ ވިދާޅުވީ ކެމްޕެއިނަށް ދާ ފަރާތްތަކަށް ރަށުތެރެއަށް ނިކުމެ ނޫޅެވޭނެކަމަށާއި، ހުންނަން ޖެހޭނީ ރަށުގެ މީހުންނާ ވަކިން ގެސްޓުހައުސް އެއްގައިކަމަށެވެ. އަދި މީހުން ދިރިއުޅޭ ގެއެއްގައި ހުންނަ ނަމަ ހުންނަން ޖެހޭނީ އެ ގޭގައި އުޅޭ އެހެން މީހުންނާ ވަކިން ކޮޓަރި އެއްގައިކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކެއުމުގެ ކަންތައްވެސް ހަމަޖެހިފައި އޮންނަން ވާނީ އެހެން މީހުންނާއި ވަކިން ކަމަށާއި އެގޮތުން ރެސްޓޯރެންޓުތަކަށް ގޮސް ކައިބޮއި ނޫޅެވޭނެކަމުގައި ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ