ފޮޓޯ: ޕީއެސްއެމް

އޭޕީގެ ނައިބު ރައީސުންނަށް ޑރ. ނަޢުޝާދާއި، އިއާދު އިންތިޚާބު ކޮށްފި

އަދާލަތު ޕާޓީ (އޭޕީ)ގެ ނައިބު ރައީސުންގެ މަޤާމަށް ޑރ. ނައުޝާދު މުހައްމަދާއި، މުހައްމަދު އިއާދު ހަމީދު އިންތިޚާބުކޮށްފިއެވެ.

އަދާލަތު ޕާޓީން ވިދާޅުވީ އެޕާޓިގެ 3 ވަނަ ދަޢުރުގެ ނައިބު ރައީސުންގެ ގޮތުގައި ޤައުމީ މަޖިލީހުން އިންތިޚާބުކުރާ، ނައިބު ރައީސުންގެ ދެ މަޤާމަށް މުޙައްމަދު އިއާއު ހަމީދު، މ. މުއްޑޫ އާއި، ޑރ. ނަޢުޝާދު މުޙައްމަދު، މއ. އަމީނީވިލާ އިންތިޚާބު ވެެއްޖެކަމަށެވެ.

މި ދެބޭފުޅުންނާއިއެކު އެޕާޓީގެ ތިން ނައިބު ރައީސުން ތިއްބަވާނެއެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވަނީ އަދާލަތު ޕާޓީގެ ތިން ވަނަ ޤައުމީ މަޖިލީހުގެ މިއަދުގެ ދަންފަޅީގައި އަދާލަތު ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ހޮވިވަޑައިގެންނެވި ބޭފުޅުންނަށާއި، އަންހެނުންގެ އަދި ޒުވާނުންގެ މަޖްލީހަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

އެ ޕާޓީގެ 3 ވަނަ ޤައުމީ މަޖިލިސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބާއްވާފައި ވަނީ އޮންލައިންކޮށެވެ. މިއަދު ކުރިޔަށް ގެންދިޔަ މި މަޖިލީހުގައި އެ ޕާޓީގެ މުހިންމު ގުނަވަންތަކަކަށް ވަނީ ބޭފުޅުން އިންތިޚާބު ކޮށްފައެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި މިއަދު އިންތިޚާބު ކުރި ޑރ. ނަޢުޝާދުއާއި، އިއާދު އެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

އަދާލަތު ޕާޓީގެ ތިންވަަނަ ދަޢުރުގެ ރައީސްގެ މަޤާމަށް މީހަކު ހޮވުމަށް ބޭއްވި އިންތިޚާބު ދާދި ފަހުން ބާއްވާފައިވާއިރު، އެ މަޤާމަށް އިންތިޚާބު ވެފައިވަނީ އެ މަޤާމްގައި ކުރިންވެސް ހުންނެވި މިހާރުގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ