ނައިބު ރައީސް ފައިސަލް ނަޞީމް ހުންނެވީ އެމްޑީޕީއައެކު: ނަޝީދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ހުންނެވީ އެމްޑީޕީއާއެކު ކަމަށް އެޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްގެ ކެމްޕެއިންގައި ނައިބު ރައީސް ފައިސަލް ނަޞީމް، އެމްޑީޕީއާއެކު ހުންނެވި ކަމީ އެމަނިކުފާނު ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ފުރިހަމަ ދަލީލެއްކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ފައިސަލް ނަޞީމްއާއެކު ސައިފޮދު ހިއްޕަވަން ހުންނެވި ފޮޓޯއެއް ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީގެ އިންތިޚާބުގެ ކެމްޕެއިންނާއި ގުޅޭ ގޮތުން ފައިސަލް ނަޞީމް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެމަނިކުފާނަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ނައިބު ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ބޭފުޅެކެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީންވެސް ކެނޑީޑޭޓުން ވާދަކުރައްވައެވެ. އެމަނިކުފާނު ވަނީ މީގެ ކުރިންވެސް އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ