ދިއްދޫން އިތުރު 10 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫ އަމާންވެށީގައި ކަރަންޓީނުގައި ހުރި އިތުރު 10 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ދިއްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ތެރެއިން އިތުރު ކުދިންތަކެއް ކޮވިޑް-19 އަށް ފޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވެފައިވަނީ ދިއްދޫ އަމާންވެށީގައި ހުރި ކުދިންތަކެއް ކަމަށް ވެސް ކައުންސިލުން ބުނެފައި ވެއެވެ.

ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށް އެތަންތަނަށް ނުދިއުމަށާއި ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދިއްދޫގައި ގާއިމްކުރި އަމާންވެށި މިމަހުގެ 6 ވަނަ ދުވަހު ހުޅުވާފައިވާއިރު ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ 15 ކުއްޖަކު ދިއްދޫގައި ހުޅުވި އަމާންވެއްޓަށް ވަނީ ބަދަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ