ކާށިދޫއިން 1700 ޓަނުގެ ކުނި ނައްތާލައިފި

ކ. ކާށިދޫން 1700 ޓަނުގެ ކުނި ވެމްކޯއިން ނައްތާލައިފިއެވެ.

ރަށްރަށުގައި ހުރި ކުނި ނައްތާލަން ހިންގާ ޕްރޮގްރާމުގެ ދަށުން ވެމްކޯއިން ކ. ކާށިދޫގައި މި މަސައްކަތް ފެށި މި މަހުގެ 3 ވަނަ ދުވަހުއެވެ.

މިޕްރޮޖެކްޓްގެ ދަށުން އެރަށުން ވަނީ 1700 ޓަނުގެ ކުނި ބޭރުކޮށް، ކުނި ކޮށި ހުރި ސަރަހައްދު އެއްކޮށް ސާފުކުރެވިފައިކަމަށް ވެމްކޯއިން ބުންޏެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވެފައި ހުރި ކުނި ނައްތާލައި ރަށްތަށް ސާފު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ވެމްކޯއާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމެކެވެ.

އެގޮތުން ކުނީގެ މައްސަލަ ބޮޑުވެފައިވާ 20 ރަށެއްގައި ޖަމާވެފައިވާ ކުނި ޕްރޮސެސްކޮށް ރަށުން ބޭރުކުރަންޖެހޭ ކުނި ބޭރުކުރުމުގެ މަސައްކަތް ވެމްކޯއާއި ވަނީ ހަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ