ނ. ވެލިދޫ ބަނދަރު | ފޭސްބުކް ފޮޓޯ: ފަވައްޓޭ

ވެލިދޫ އިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނ. ވެލިދޫ އިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ޙުސައިން ވަނީ މި ނޫހަށް އެރަށުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

އަސްމާ ވިދާޅުވި ގޮތުގައި އެރަށުން މިއަދު ޕޮޒިޓިވްވި ދެ ފަރާތަކީވެސް ހޯމް ކަރަންޓީންގައި ހުރި ދެ މީހުންކަމަށާއި، އެ މީހުންނާއި އެއްވެސް އެހެން ބަޔަކު ކޮންޓެކްޓްވެފައި ނުވާކަމަށެވެ.

ޕޮޒިޓޓިވް ވި ދެމީހުންނަކީ މާލެއިން ރަށަށް އައިސް ހޯމް ކަރަންޓީންގައި ހުރި ދެމީހުންކަމަށާއި، އެމީހުން މާލޭގައި ހުރި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާކަމަށްވެސް އަސްމާ ވަނީ ވިދާޅުވެފައެވެ.

އަސްމާ ވިދާޅުވި ގޮތުގައި އެމީހުން ރަށަށް އައިސްފައި ވަނީ 11 މާރިޗު 2021 ގައެވެ. އަދި އެމީހުން ކޮވިޑަށް ޓެސްޓްކޮށްފައި ވަނީ މާލެއިން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާތީއެވެ.

ވެލިދޫގައި މިހާތަނަށް ޖުމްލަ 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވައިރު މި އެންމެންނަކީވެސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ. އެރަށުގައި މިހާތަނަށް 905 މީހަކު ވަނީ ހޯމް ކަރަންޓީންވެފައެވެ. އަދި މިހާރު 37 މީހަކު ހޯމްކަރަންޓީންގައި އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ