ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތީ / ފޮޓޯ:އަވަސް

މާލެ އަތޮޅަށް ޔެލޯ އެލާޓް

ކ. އަތޮޅުން ވ. އަތޮޅާ ދެމެދުގެ ރައްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ މިރޭ 22:15 އިން 00:15 އާއި ހަމައަށް ކ. އަތޮޅުން ވ. އަތޮޅާ ދެމެދުގެ ރައްތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، އެލާޓްގެ ވަގުތުގައި މިސަރަހައްދުގެ ރައްތަކަށް ބާރަށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

" ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ. ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑު ވާނެ އަދި އެހެން ހިސާބުގައި އާދައިގެވަރަކަށް ގަދަ ވާނެ. ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ