އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އީސީ

އިންތިޚާބު ބާއްވަން އިތުރަށް ބޭނުންވާ 29.8 މިލިއަން ލިބިއްޖެ: ޝަރީފް

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް އިތުރަށް ބޭނުންވާ ފައިސާ ލިބިއްޖެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްްޖެއެވެ.

އިލެކްޝަންސް ކޮމިޝަނަށް އިތުރަށް ބޭނުންވާ ފައިސާ އީސީގެ ބަޖެޓަށް އިތުރުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އެ ފައިސާ އީސީއަށް ދޭން ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މިއަދު ހަވީރު ވަނީ އެ ފައިސާ އީސީ އަށް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް އިތުރަށް ހިނގާނެކަމަށް ލަފާކުރެވޭ 29.8 މިލިއަން ރުފިޔާ ގެ ބަޖެޓް އީސީއަށް ލިބިއްޖެކަމަށެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެވެ. ނަމަވެސް ޚަރަދު ބޮޑުވެ މި ބަޖެޓަށް އިތުރަށް 44.9 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އީސީއިން ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އީސީ އިން މިހާރު ދަނީ ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝާލުން ތަމްރީން ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ