ކަރަންޓީންގައި ނެތް ބަޔަކު ޕޮޒިޓިވްވެ، ތޮއްޑޫއަށް އަރައި ފޭބުން މަނާކޮށްފި

ކަރަންޓީންގައި ނެތް ބަޔަކު ޕޮޒިޓިވްވެ، އއ. ތޮއްޑޫއިން އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ، ތޮއްޑޫ މޮނިޓަރިންއަށް ލާފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތްތަކުގެ އިތުރުން އިތުރު ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގައި ހުރި މީހެކެވެ. އަދި ފަހުން އޭނާ ކަރަންޓީންގައި ހުރި ގޭގެ މީހުންވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ތޮއްޑޫ ހެލްތު ސެންޓަރުން ފެށުމަށް ވިދާޅުވީ، އެރަށް މޮނިޓަރިންގ ލާފައިވަނީ ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެ އަދި ފަހުން އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ފަރާތްތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ. އެގޮތުން ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވެފައިވަނީ އަންހެނެއްކަމަށާއި، އަދި އެއީ ހައިރިސްކު ކެޓަގަރީގެ އަންހެނެއްކަމަށްވެސް އެ ސެންޓަރުން ވިދާޅުވިއެވެ.

އަދި ފަހުން އެ އަންހެން މީހާއި ކޮންޓެކްޓްވި އިތުރު ފަސްމީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 4 ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ވިދާޅުވީ ޕޮޒިޓިވްވި އެންމެންގެވެސް ހާލު ރަނގަޅުކަމަށެވެ.

މީގެކުރިންވެސް ތޮއްޑޫވަނީ މޮނިޓަރިންގއަށް ލާފައެވެ. އެފަހަރު ތޮއްޑޫ މޮނިޓަރިންގއަށް ލާފައިވަނީ އެރަށުން މާލެ އައި ފަރާތެއް ކޮވިޑް އަށް ޕޮޒިޓިވް ވެފައިވުމާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ