ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކަސްޓަމްސްގެ އާމްދަނީ %15 ދަށަށް

ފާއިތުވި ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 15 އިންސައްތަ ދައްވެއްޖެއެވެ.

ކަސްޓަމްސްގެ ތަފަސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މިޢަދަ ވަނީ 256 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މީގެ އިތުރުން ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 25 އިންސައްތަ ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ
އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ،އީ، ޗައިނާ އަދި އޮމާނެވެ.
ޔޫ.އޭ.އީ އިން 407 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަވާއިރު ޗައިނާ އިން 381 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި އޮމާނުން 339 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

ވޭތުވެދިޔަ ފެބްރުއަރި މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމުތަކުގެ ތެރޭގައި ތައިލޭޑްއާއި ޖަރުމަނުވިލާތް އަދި އެމެރިކާ ހިމެނެއެވެ. ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގުގެ %38 ތައިލޭންޑްއަށް އެކްސްޕޯޓް ކުރި އިރު %15 އެކްސް ޕޯޓް ކޯށްފައި ވަނީ ޖަރުމަނަށެވެ. އަދި ފެބުރުވަރީ މަހު އެމެރިކާއަށް ވަނީ %7 އެކްސްޕޯޓް ކޮށްފައެވެ.

2020 ވަނަ އަހަރު ފެބުރުވަރީ މަހު ރާއްޖެއިން ބޭރުން ބޭރުން 103 އުޅަނދެއް އައިސްފައިވާއިރު، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު މިއަދަދު ވަނީ 121 އަށް އިތުރުވެފައެވެ. އަދި 2020 ވަނަ އަހަރު ފެބުރުވަރީ މަހު ރާއްޖެއިން 113 އުޅަނދެއް ފުރާފައިވާކަމަށް ރެކޯޑް ކުރެވިފައިވާއިރު، މިއަހަރު ފެބުރުވަރީ މަހު ވަނީ 132 އުޅަނދެއް ރާއްޖެއިން ފުރާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ