ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ މީހުން ދެނެގަތުމަށް ތައިލެންޑުގައި ކުއްތާ ތަކެއް ތަމްރީން ކޮށްފިއެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި މި ޕްރޮޖެކްޓުގައި ހަ ކުއްތާ ބައިވެރިކޮށް ތަމްރީން ކޮށްފައިވާއިރު މި ކުއްތާތައްވަނީ ކޮވިޑް-19 ޖެހިފައިވާ ފަރާތްތައް 95 އިންސައްތަ ޔަގީންކަމާއެެކު ދިމާކޮށްފައެވެ.
ހަމަސްދުވަހަށް ހިނގުނު ތަމްރީން ޕްރޮގުރާމުގައި ބައިވެރިކުރި ކުއްތާތައް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ މީހުންގެ ދާ ބޭނުންކޮށްގެން ތަމްރީން ކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާމީހެއް ދެނެގަތުމަށް މި ކުއްތާތަކަށް ނަގަނީ އެއް ސިކުންތާއި ދެ ސިކުންތުގެ ވަގުތުކޮޅެކެވެ. މިނެޓެއްގެ ތެރޭ 60 ހަކަށް މީހުންގެ ސާމްޕަލް ކުއްތާތަކަށް ޓެސްޓުކުރުމުގެ ގާބިލުކަން ލިބިފައި ވެއެވެ.
ކޮވިޑް-19 ދެނެގަތުމަށް ތައިލެންޑުގެ އިތުރުން، ޗިލީ، ފިންލެންޑް، އަދި އިންޑިއާއިންވެސް އައްނަނީ ކުއްތާ ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޖަރުމަނުގެ ޖަނަވާރު ބަލަހައްޓާ ކުލިނިކަކުން ހާމަކޮށްފައިވާ ގޮތުގައި އެ ކުލިނިކުން ތަމްރީންކުރި ކުއްތާތަކެއްވެސް 94 އިންސައްތަ ޔަގީންކަމާއެކު ކޮވިޑް-19 ދެނެގަނެފައި ވެއެވެ.
އަހަރު ފެށުނުއިރު ތައިލެންޑުގައި ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނުނު ނަމަވެސް މިހާރު އެގައުމުގައި ކޮވިޑް-19 ފެތުރުންވަނީ ވަރަށް ބޮޑުތަން ކޮންޓުރޯލް ކޮށްފައެވެ.




ހިޔާލު
Maaiy الله budhdhi dhevvaa maaiykuravvafaivaa insaanunash evaru nuvi dhww?!