ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ކޮވިޑް ވެކްސިން ޖައްސަވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ބޮޑުވަޒީރު މިއަދު ޖައްސަވައިފައިވަނީ ޗައިނާގެ ކޮވިޑް ވެކްސިނެއް ކަމަށްވާ ސިނޮފާމް ވެކްސިނެވެ.

ދެ ޑޯޒް ޖަހަން ޖެހޭ މި ވެކްސިނަކީ މިވަގުތު ހަމައެކަނި ޕާކިސްތާނުގައި ދެމުންގެންދާ ވެކްސިނެވެ. ޕާކިސްތާނުގައި އާންމު ރައްޔިތުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށައިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޗައިނާއިން މިހާތަނަށް ޕާކިސްތާނަށް ހިލޭ އެހީގެ ގޮތުގައި ބައިމިލިއަން ކޮވިޑް-19 ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާއިރު ޕާކިސްތާނުގެ އާންމުންގެ ތެރޭގައި ވެކްސިން ޖެހުމަށް އަދި މާބޮޑު ތަރުހީބެއް ނުލިބޭކަމަށް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުން މިހާތަނަށް ކޮވިޑް-19 އަށް615،810 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި މިހާތަނަށް 13,717 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ