18 ދުވަހަށްފަހު، ބާރަށް މޮނިޓަރިންގ ހާލަތުން ނަގައިފި

ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކަރަންޓީނާ ހިލާފުވުމުގެ ސަބަބުން މޮނިޓަރިންނަށް ލާފައިވާ ހއ. ބާރަށް މޮނިޓަރިންއިން ނަގައިފިއެވެ.

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ރަށް މޮނިޓަރިންއިން ނަގާފައިވާކަން އެ ސެންޓަރުގެ ތަރްޖަމާން ޑރ. ނަޒްލާ ރަފީގް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ، ނ. ޅޮހީ އާއި އއ. ތޮއްޑޫގެ އިތުރުން އދ. ފެންފުށި އެވެ.

ބާރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކަރަންޓީނާ ހިލާފުވުމުގެ ސަބަބުން އެރަށް މޮނިޓަރިންނަށް ލައިފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރަށް މޮނީޓަރިންނަށްލުމާއެކު ރަށު ކައުންސިލުން ފިޔަވަޅުތައް ހަރުކަށި ކުރި އެވެ. ފުލުހުންގެ ހާއްސަ ހުއްދައަކާ ނުލައި ގެއިން ބޭރަށް މީހުން ނިކުތުމަކީ މަނާ ކަމެއްގެ ގޮތުގައި ހަދައި ސްކޫލުތަކާއި އެހެނިހެން އާންމުން ބޭނުންކުރާ ތަންތަން ބަންދުކުރި އެވެ. ފިހާރަތަކާއި ކާބޯތަކަތީގެ ހިދުމަތް ދެމުން އައި ތަންތަނުގެ ހިދުމަތް، އެރަށުގައި ޑެލިވަރީގެ ހިދުމަތައް ބަދަލުކުރި އެވެ.

ބާރަށުގައި ކޮވިޑްގެ ޖުމްލަ 36އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، އެރަށުގެ 200 އެއްހާ ގެ ކަރަންޓީންކޮށްފައި ވެއެވެ. އަދި ގިނަ އަދަދަކަށް ރެންޑަމް ސާމްފަލްތަކެއް ނަގާފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ