މަލިކު ކައިރިން ހަތިޔާރާއެކު ލަންކާ ތިން ބޯޓު ހިފަހައްޓައިފި

މަލިކު ކައިރިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ލަންކާގެ ތިން މަސް ބޯޓު ހިފަހައްޓައިފިއެވެ. މި ބޯޓުތައް ހިފަހައްޓާފައި ވަނީ އިންޑިއާ ކޯސްޓްގާޑުންނެވެ.

މި ބޯޓުތައް ހިފަހައްޓާފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި މަލިކުގެ ހުޅަނގު ދެކުނުން 90 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓުތައް ހިފެހެއްޓުމުގައި މަލިކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެހީތެރިވެދީފައެވެ.

މި ބޯޓުތައް ހިފެހެއްޓުމާއި ގުޅިގެން އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުން މި ބޯޓުތަކުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އޭކޭ 47 ގެ ބަޑި އަކާއި އަދި 1،000 ވަޒަންވެސް ފެނިފައެވެ.

މި ތިން ބޯޓުން 12 މީހަކުވެސް ވަނީ އިންޑިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިއްޔެ މެންދުރުގެ ވަގުތެއްގައި މަލިކު ކައިރިން 3 މަސް ބޯޓު ހަތިޔާރާއެކު ހިފަހައްޓާފައި ވާއިރު މި މަހުގެ ހަތްވަނަ ދުވަހުވެސް މަލިކު ކައިރިން ވަނީ މަސްތުވާތަކެއްޗާއެކު ލަންކާގެ ތިން ބޯޓު ހިފަހައްޓާފައެވެ.

އެދުވަހު ހިފެހެއްޓި ބޯޓުތަކުން 260 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެއެވެ. އެ ތިން ބޯޓުން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ