ކޮވިޑް-19 އަށް ރޭންޑަމް ސާމްޕަލް ނެގުން | ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 145 މީހުން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 145 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 4،460 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 145 ސާމްޕަލް ކަމަށެވެ.

އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 104 މީހުން، އަތޮޅުތެރޭ ރައްތަކުން 21 މީހުން، ރިސޯޓުތަކުން 14 މީހުން، ޔޮޓު ސަފާރީފަދަ އުޅަނދުތަކުން ފަސްމީހުން، އަދި ހަދަމުންދާ ރިސޯޓުތަކުން އެކަކެވެ.

މިހާތަނަށް ކޮވިޑް-19 އަށް 22،292 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 19،773 އެވެ.

މިވަގުތު 2،447 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 120 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ