އެއާފޯސް ވަންގެ ސިޑިން އަރައިވަޑައިގައްނަވަނިކޮށް ބައިޑަން ވެއްޓިވަޑައިގެންފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އެއާފޯސް ވަންއަށް އަރައިވަޑައިގައްނަވަނިކޮށް ވެއްޓިވަޑައިގެންފިއެވެ.

އުމުރުފުޅުން 78 އަހަރުފުޅުގެ ބައިޑަން ވެއްޓިވަޑައިގެންފައިވަނީ އެއާފޯސް ސިޑިމަތިން ދެކަކޫފުޅު މައްޗަށެވެ. ބައިޑަން ވެއްޓިވަޑައިގެންފައިވަނީ ދެފަހަރެއްގެ މަތިން އަރިއަޅާލައި ތިންވަނަ ފަހަރުއެވެ.

މިހާދިސާގެ ވީޑިއޯ މިހާރު އާންމުވެފައިވާއިރު ވީޑިއޯއިން ފެއްނަގޮތުގައި މިހާދިސާގެ ސަބަބުން ބައިޑަންއަށް މާބޮޑު އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ. ބައިޑެންވަނީ ވެއްޓިވަޑައިގަތުމުން އަމިއްލަފުޅަށް ތެދުވެވަޑައިގެން ބޯޓަށް އަރައިވަޑައިގަތްފައެވެ.

ވައިޓްހައުސް ކޮމިއުނިކޭޝަންސް ޑައިރެކްޓަރ ކޭޓް ބެޑިންގްފީލްޑް މިހާދިސާއާއި ގުޅިގެން ވިދާޅުވީ، ބައިޑަން އަށް އެއްވެސް ގެއްލުމެއް މިހާދިސާގެ ސަބަބުން ލިބިވަޑައިގެންފައި ނުވާކަމަށެވެ. ބައިޑެންއާއެކު ދަތުރުކުރައްވާ ސިއްހީ އެހީތެރިކަންވެސް ބޭނުންފުޅުކުރައްވަން ޖެހިވަޑައިގެންފައި ނުވާކަމަށެވެ.

ބައިޑެންގެ ސިއްހީ ހާލަތާއިމެދު އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އައްނަނީ ސުވާލު އުފައްދަމުންނެވެ. މިއަދު ހިނގި މިހާދިސާއާއި ގުޅިގެން އިތުރު ސުވާލުތަކެއް މިހާރު އަނެއްކާވެސްވަނީ ބައިޑަންގެ ސިއްހީ ހާލަތާއިމެދު އުފެދިފައެވެ.

 

މިލިޔުން ކިޔާލުމުން
23
ގުޅުންހުރި ލިޔުންތައް

2 Responses

  1. Baburu

    Haadha mai koshey thi bunuhvee

  2. ބޭބެ

    ވީޑިޔޯފުޅު ނުސާފު ފުޅުކަމުން މާރަނގަޅަށް ވެއްޓިވަޑައިގަތް ތަންފުޅެއް އަދި ކަކޫފުޅެއްވެސް ލޯފުޅަކަށް ފެނިވަޑައެއް ނުގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ