ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށި ސިޓީއަށް މިއަދު އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ސަރަހައްދުގެ ކޮވިޑް ފޯކަލް ޕޮއިންޓް ޙައްޖަ މި ނޫހަށް ވަނީ ޚާއްސަ ހުއްދައިގެ ދަށުން މިއަދު ކުލުދުއްފުއްޓަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ޙައްޖަ ވިދާޅުވީ ޕޮޒިޓިވް ވި މީހާއަކީ އިންޑިއާއިން ބިޒްނަސް ވިސާގައި ދަރުތު ކުރި ފަރާތެއްކަމަށާއި، އަދި އެމީހާގެ އިންޑިއާގެ 72 ގަޑި އިރު ނުވާ ޕީސީއާރު ނަތީޖާ ނެގެޓިވް ކަމަށެވެ.
ނަމަވެސް ޙައްޖަ ވިދާޅުވީ އެމީހާ ކުޅުދުއްފުއްޓަށް ފުރުމުގެ ކުރިން ރޭގައި ހެދި ޕީސީއާރު ޓެސްޓް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި އެކަން އެނގިފައިވަނީ މިއަދު އެމީހާ ކުޅުދުއްފުއްޓަށް އައިފަހުން ކަމަށެވެ.
ކުޅުދުއްފުށިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 28 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އެ ބިދޭސީ މީހާ މިހާރު ވަނީ ކަރަންޓީންކޮށްފައެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި މިހާރު ވަނީ މުޖުތަމަޢު ތެރެއިން ކޮވިޑް ފެނިފައެވެ. އެގޮތުން އިއްޔެވެސް ވަނީ އުނގޫރާފުން ކަރަންޓީންގައި ނެތް އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވެ އެރަށް މިނިޓަރިންއަށް ލާފައެވެ.




