ޕާކިސްތާނުގައި އަންހެނަކު ރޭޕްކުރި ދެ ފިރެހެނަކު މަރަން ޙުކުމް ކޮށްފި

ޕާކިސްތާނުގައި އަންހެނަކު ރޭޕްކުރި ދެ ފިރެހެނަކު މަރަން ޙުކުމް ކޮށްފިއެވެ.

މިމީހުން މަރަން ޙުކުމްކޮށްފައިވަނީ މިިދިޔަ އަހަރު ހިންގި ގޭންގް ރޭޕަކާއި ގުޅިގެންނެވެ. އަދި މި ގޭންގް ރޭޕާއި ގުޅިގެން މުޅި ޕާކިސްތާނުގައި އެކަމާއި ދެކޮޅަށް އަޑުއުފުލާފައިވާއިރު، އަބިދް މަލްހީ އަދި ޝަފްޤަތު ޙުސައިން ކިޔާ މި ދެމީހުންނަށް ގޭންގް ރޭޕްގެ އިތުރުންވެސް އެތަށް ދަޢުވާތަކެއް ޕާކިސްތާނުގެ ކޯޓުންް މިދެމީހުންގެ މައްޗަށް ވަނީ ކޮށްފައެވެ. އޭގެތެރޭގައި ކިޑްނެޕް ކުރުމާއި ފޭރުމުގެ އިތުރުން ޓެރަރިިޒަމްގެ ދަޢުވާވެސްވަނީ ކޮށްފައެވެ.

އެ ދެ މީހުން މަރަން ޙުކުމް ކުރުމުގެ އިތުރުން، އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށް، ޖޫރުމަނާވެސް ކޮށްފައިވާއިރު، އެ ދެމީހުންގެ މުދާ ދަޢުލަތަށް ނެގުމަށްވެސް ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބޭރުގެ މީޑިއާ ރިޕޯރޓްތައް ބުނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިނގި މިހާދިސާގައި މި ދެމީހުން ރޭޕްކޮށްފައިވަނީ ދެ ދަރިންނާ ގޮވައިގެން ކާރު ދިޔަ އަންހެނަކު ކާރުގެ ޕެޓްރޯލް ހުސްވެގެން މަޑުކޮށްލި ވަގުތުގެ ބޭނުން ހިފައެވެ. އަދި މި ހާދިސާއާއި ގުޅިގެން ކުރިއަށް ދިޔަ އެއްވުންތަކުގައި އަންހެނުންނަށް ރޭގަނޑު ދަރިން ގޮވައިގެން ކާރު ދުއްވުމުގެ ފުރުޞަތުދެނީ ކީއްވެތޯވަނީ ސުވާލު އުފައްދާފައެވެ.

ޕާކިސްތާނަކީ ރޭޕްގެ ކޭސްތައް ގިނަ ޤައުމަކަށްވާއިރު، އަންހެނުންނާއި ކުޑަ ކުދިންގެ ރައްކާތެރިކަމަށް ޕާކިސްތާނުގައި މިއަށްވުރެ ހަރުދަނާ ޢުޞޫލްތަކެއް ކަނޑައެޅުމަށްވެސް ރައްޔިތުންވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެގޮތުން މިފަދަ މައްސަލަތައް އަވަސްކުރުމަށް މިދިޔަ ޑިސެމްބަރު ޕާކިސްތާނުގައި އާ ޤާނޫނެއްވެސް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
4111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ