ފޮޓޯ:އެމްއެންޑީއެފް

ކޮވިޑު-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑު-19 ޖެހިގެން ދިވެހިރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ރޭ 20:25 ހާއިރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 66 އަހަރުގެ ފިރިހެނަކު 20:45 ހާއިރު ނިޔާވެފައިވާ ކަމަށެވެ.

އަދި އޭނާ ނިޔާވެފައިވަނީ ކޮވިޑް-19 ގައި ކަމަށާއި، އެހެންކަމުން މިއީ ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި 66 ވަނަ މީހާކަމަށްވެސް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

އަދި މިއީ މިމަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ނިޔާވި ހަތަރުވަނަ މީހާއެވެ.

މި އަހަރުު މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން 18 މީހަކުވަނީ ނިޔާވެފައެވެ. އޭގެތެރެއިން ޖެނުއަރީ މަހު 4 މީހަކު ނިޔާވެފައިވާއިރު، ނިމުނު ފެބްރުއަރީމަހުވަނީ 10 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބާވީސް ހާހަށްވުރެ ގިނަ މީހުން ރާއްޖެއިން ކޮވިޑު-އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިބަލިން 19،897 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2407 އެވެ. އަދި އޭގެތެރެއިން 107 ފަރާތަކަށް ހޮސްޕިޓަލްގައ އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ