ނިލަންދޫއިން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް!

ފ. ނިލަންދޫއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލާ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ނިލަންދޫ ކައުންސިލާއި ހަވާލާދީ "ޕީއެސްއެމް" ނޫޙުގައި ރިޕޯޓު ކޮއްފައިވާ ގޮތުގައި، ނިލަންދޫ އިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށައް ގޮސް ކަރަންޓީންގައި ހުރި އަންހެނެކެވެ. އަދި އޭނާ ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ރިލީސް ސާމްޕަލަކުން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކަރަންޓީންގެ މުއްދަތުގައި އެ އަންހެންމީ އެރަށު ހޮޓަލެއްގައި މަސައްކަތްކުރާ ފިރިހެނަކާ ކޮންޓެކްޓްވެފައިވުމުގެ ސަބަބުން މިހާރު އެމީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

ނިލަންދޫ މޮނިޓަރިންއަށް ލުމާއި ގުޅިގެން އެރަށަށް އަރާފޭބުން މަނާކޮށްފައިވާއިރު ޒަރޫރީ ބޭނުންމެއްގައި ނޫންގޮތަކަށް ބޭރަށް ނުނިކުތުމަށް އެރަށު ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފ. ނިލަންދޫގެ އިތުރަށް ބައެއް އެހެން ރަށްތަކުންވެސް ޕޮޒިޓިވް ކޭސް ފެނުމާ ގުޅިގެން ވަނީ މޮނިޓަރިންއަށް ލާފައެވެ. އެގޮތުން ރ.އުނގޫފާރާއި ދ. ކުޑަހުވަދޫވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފ.އަތޮޅު މީހާ

    ފ.ނިލަންދޫ ކަރަންޓީނުގައި ތިބޭ މީހުން އެރަށު އެންމީހުނަާ އެކު ހަނޑޫ ވެސް ހޮވާ ސަރުކާރައްދެރަކުރާ،،،????

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ