ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ގެ ޞުލޫކީ މައްސަލައެއް ތަޙްޤީޤު ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާޙިމްއާއި ހަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރު ކުރަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައިވާކަމަށްވެސް ޖޭއެސްސީއަށް ހުށައެޅިފައިވާ މައްސަލާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކޯޓުގެ މުވައްޒަފުންނާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކޯޓުން ބޭރުގައި ދައްކާކަމަށް ބުނެ ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަ ތަޙްޤީޤުކުރުމަށް އެ
ކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ވަނީ ނިންމާފައެވެ.
އެގޮތުން 21 ފެބުރުއަރީ 2021 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ނަންބަރު 2021/21 ވަނަ ޖަލްސާގައި މުޙައްމަދު އިބްރާޙިމްގެ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤު ކޮމިޓީ ވަނީ އެކުލަވައިލާފައެވެ.
ޖޭއެސްސީއިން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލަމުންނެވެ.



