ފޮޓޯ: ރާއްޖެ އެމްވީ

ސްކޫލް ކުއްޖަކަށް އިހާނެތިކޮށް ހިތުމުން މުލީ ކޯޓުގެ މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ސްކޫލް ކުއްޖަކަށް އިހާނެތިކޮށް ހިތުމުން މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު ހުސައިން އާމިރު ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، މެޖިސްޓްރޭޓް ހުސައިން އާމިރުއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކޮށްފައިވަނީ, މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ހުސެއިން އާމިރުގެ ދަރިފުޅަކަށް, އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ އަމަލަކާގުޅިގެން ކުއްޖާއާމެދު ރުޅި އިސްކޮށް އެކުއްޖާއާމެދު އިހާނެތިކޮށް އަމަލުކުރި މައްސަލައެއް ފެންމަތިވުމުންކަމަށެވެ.

ކުރިން މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަން ކުރައްވާފައިވާ ހުސައިން އާމިރުގެ މައްޗަށް ސާބިތު ވާކަމަށް ޖޭއެސްސީން ނިންމާފައިވަނީ 06 ޖޫން 2021 ގައި ބޭއްވުނު އެކޮމިޝަންގެ 45 ވަނަ ޖަލްސާގައެވެ.

ޖޭއެސްސީން ބުނީ, މުލީ މެޖިސްޓްރޭޓްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 9ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާއި 4.1 އާ ޚިލާފު ޢަމަލެއްކަމަށެވެ.

މެޖިސްޓްރޭޓް ހުސައިން އާމިރުއާއި ގުޅިގެން ބެލުނު ސުލޫކީ މިމައްސަލަ ސާބިތުވުމާގުޅިގެން ޖުޑީޝަލްސާވިސް ކޮމިޝަނުގެ ޤާނޫނުގެ 1-32 (ހ) ގެ 3 ގެ ދަށުން, މުސާރައާއި އިނާޔަތް ނުލިބޭގޮތަށް މެޖިސްޓްރޭޓް ހުސައިން އާމިރު ވަޒީފާގެ މަސައްކަތަށް ނިކުތުން 3 މަސްދުވަހަށް މަނާ ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ