އަތޮޅު ތެރޭގެ 12 ރަށެއްގައި އަލަށް ޢިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީ.އޯ.ކިއު ނިންމާ ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
އެގޮތުން ހެލްތް މިނިސްޓްރީން ވަނީ މި ހޮސްޕިޓާތަކުގެ ކުރެހުން އާންމުކޮށްފައެވެ.
ޒަމާނީ ފެންވަރަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓާތައް 10 އަތޮޅެއްގެ ރަށްތަކުގައި އެޅުމަށް ހަމަޖެހިފައިވާކަމުގައި ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހެލްތް މިނިސްޓްރީން ވިދާޅުވެފައި ވަނީ މިއަދު އެމިނިސްޓްރީއާއި ހަވާލު ކުރި ބީއޯކިއުއާއި ޑިޒައިންތަކަކީ ހއ. އިހަވަންދޫ, ނ. ވެލިދޫ, އދ. މާމެގިލި, ތ. ވިލިފުށި, ގދ. ގައްދޫ, ފ. ނިލަންދޫ, ޅ. ހިންނަވަރު, ހދ. ހަނިމާދޫ, ބ. ތުޅާދޫ, ނ. ކެނދިކުޅަދޫ, ހއ. ހޯރަފުށި އަދި ށ. މިލަންދޫގައި އިމާރާތް ކުރުމަށް ހަމެޖިހިފައިވާ ހޮސްޕިޓާތަކުގެ ބީއޯކިއުއާއި ޑިޒައިންތައް ކަމަށެވެ.

މި ސަރުކާރުން އަންނަނީ އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސަައްކަތް ކުރައްވަމުންވެ.
އެގޮތުން ދާދި ފަހުން ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައިވެސް އެމްއާރުއައި ގެ ޚިދުމްތް ރަސްމީކޮށް ފައްޓަވާދެއްވާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފެއްޓެވިއިރު، މިއީ އަތޮޅު ތެރޭގައި އެމްއާރުއައިގެ ޚިދުމަތް ފެއްޓެވި ދެވަނަ ހޮސްޕިޓަލެވެ.





2 Responses
N.maafaru ga international airport oye iru maafaruga fenvaru ranganlhu sihhee nizaameh neh
Kobaa thw dhidhdhoo ga alhan buni tertiary hospital