ފޮޓޯ: އަދަދު

އޮމިކްރޯންގެ ރާޅު މުޅި ރާއްޖެއަށް ފެތުރޭނެ: ހެލްތް މިނިސްޓްރީ

ރާއްޖޭގައި މިހާރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަނީ އޮމިކްރޮން ވޭރިއަންޓް މުޖުތަމައުގައި ފެތުރޭތީ ކަމަށާއި، ކޮވިޑްގެ މި އާ ރާޅު، މުޅި ރާއްޖެއަށް ފޯރާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ، މާލޭގެ އިތުރުން މާފުއްޓާއި ކުޑަހުވަދޫގެ މަުޖުތަމައުގެ ތެެރެއިން އޮމްކްރޯން ވޭރިއަންޓް ފެނިފައިވާ ކަމަށާއި، އަދި މާލޭގައި މި ވޭރިއަންޓް ފެތުރެމުން ދާކަމަށެވެ.

އެގޮތުން މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސަކު އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ. އަދި އޮމިކްރޮން ޖެހުނު 8 ދިވެހިންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި ތިން މީހަކާއި، ކުޑަހުވަދޫން އެކަކާއި އަދި މާފުށިން ތިން މީހަކު ކަމަށް ހާމަކުރެއްވި އެވެ.

މިއަދުގެ ޕްރެސް ފަށަމުން ޑރ.ޝާހް ވިދާޅުވީ، ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތައް އިތުރުވެފައިވާ ކަމަށާއި، އެ އަދަދު 400 އިން މަތިވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓާތަކުންނާއި، ފްލޫ ކުލިނިކުތަކުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރި އެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ސިއްހީ ނިޒާމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ދުވަސްތަކެއް ކަމަށް ފާހަގަކުރައްވާ ޑރ. ޝާހް ވިދާޅުވީ، މިކަމަށް އިތުރަށް ހުޝިޔާރުވެ ރައްކާތެރިވެ ތިބުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އަންނަން މިއުޅޭ ކޮވިޑްގެ ސާޖާ ގުޅިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު އަންނަނީ ގިނަކަންތައްތަކެއް ކުރެވެމުން." މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ބައެއް ހިދުމަތްތައް ދިނުމުގެ މުވައްޒަފުން މަދުކޮށް، ހިދުމަތްތައް މަދުކުރިނަމަވެސް، މިހާރުގެ ހާލަތާއި ގުޅިގެން ތަންތަނަށް ބޭނުންވާ އިތުރު ހިއުމަން ރިސޯސް ފޯރުކޮށްދީ އަދި އިތުރަށް ވޮލިންޓިއަރުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފާހަގަކޮށް ޝާހް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސްގައި ވާހަކަދައްކަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ، މާލެ ތެރޭގެ ކޮވިޑް ކޭސްތައް އިތުރުވެފައިވާ ކަމަށާއި، ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ހަފްތާއެއްގައި 1،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައިވެސް އޮމިކްރޮން ވޭރިއަންޓް އުޅޭކަން ސީކުއެންސް ނަތީޖާއިން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ، ދުނިޔޭގެ އެހެންގައުމުތަކުގައިވެސް އޮމިކްރޮން ވޭރިއަންޓް ފެތުރެނީ ވަރަށް ހަލުވިކޮށް ކަމަށާއި، މި ވޭރިއަންޓުގައި ކޭސްތައް ދެގުނަ ވާ ނިސްބަތް އެހެން ވޭރިއަންޓްތަކާއި އަޅާބަލާއިރު އުޅެނީ ވަރަށް މަތީގައި ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ޑެލްޓާއާއި އޮމްކްރޮން ވޭރިއަންޓް އުޅުނު ކަމުގައިވިޔަސް ކުރިއަށް އޮތްތާގައި ޑެލްޓާ ވޭރިއަންޓަށް ވުރެ ބޮޑަށް އޮމިކްރޮންގެ ކޭސްތަކުގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ޑރ. ނަޒްލާ ފާހަގަކުރި އެވެ.

"މިދިޔަ ރާޅުގައި ޑެލްޓާ ވޭރިއަންޓުގެ ކޭސްތައް ބޮޑަށް ފެނުނީ މާލެއިން. އެހެންނަމަވެސް މިފަހަރު ރާޅުގައި ބޮޑަށް ލަފާކުރެވެނީ އޭގެ ބަދަލުގައި މުޅި ރާއްޖެއިން ކޭސްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް." ކުރިން ޑެލްޓާ ވޭރިއަންޓު އައިއިރު އަތޮޅުތެރެއަށް ދަތުރުކުރުމުގައި އޮތީ ވަރަށް ބޮޑަށް ހުރަސްއެޅިފައިކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އޭރު ކަރަންޓީނުވާންޖެހޭ ގޮތަށް ދަތުރުކުރެމުގެ އުސޫލުތައް ބޮޑަށް މި އޮތީ. ނަމަވެސް މިހާރު ވެކްސިން ޖެހުމުގެ ސަބަބުން ލިބޭ ލުޔާއެކު، ފަސޭހައިން ދަތުރުކުރެވޭގެ ގޮތްތައް ހުޅުވާލެވިފައި މިއޮތީ، އަދި އެހެން ވުމުގެ ސަބަބުން ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު، ކޮވިޑްގެ މި އާ ރާޅު މުޅި ރާއްޖެއަށް ނުވަތަ މާލެ ފިޔަވާ އެހެން ސަރައްދުތަކަށްވެސް އަންނާނެ ކަމަށް ލަފާކުރެވެނީ. އަދި އެއާއެކު ޑެލްޓާއަށްވުރެ އޮމިކްރޮންގެ ރާޅުގައި ކޭސްތައް އެތައް ގުނައެއް އިތުރުވާނެ" މުޅި ރާއްޖެއަށް ކޮވިޑް ތިންވަނަ ރާޅުގެ އަސަރު ކުރާނެ ކަން ލަފާކޮށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިހާރު އަޅައިފައިވާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތްތާގައިވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ފިޔަވަޅުތައް އަޅާނީ ގައުމުގެ އިޤްތިސާދީ ހަރަކާތްތަކަށާއި، ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެފަދަ ގޮތަކަށްކަމަށް ޑރ. ނަޒްލާވެސް ފާހަގަކުރި އެވެ.

މިވަގުތު އެޅިފައިޔާ ކޮވިޑްގެ އިތުރު ފިޔަވަޅުތައް:

  • ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް ކަނޑައެޅުން
  • 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން
  • ކުޅިވަރު މުބާރާތްތައް، ސަޕޯޓަރުން ވައްދައިގެން ބޭއްވުން މަނާކުރުން
މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް

2 Responses

  1. ޝަފަގު

    50 މީހުންނަށްވުރެން ގިނަވީމަތޯ އެމިކުރޯން ފެތުރެނީ؟މީލާދި އާއަހަރު ފާހަގަކުރިއިރު ނޭގޭތޯ ޕޮޒިޓިވް ކޭސްތައްއިތުރުވާނެކަމެއް.ފުލުފުލުގަ ނައިޓް މާކެޓް ބާއްވާ ހެދިއިރު ނޭގޭތޯ ކޭސްތައް އިތުރުވާނެކަމެއް؟ގުރޫޕް ހަދައިގެން ކެންޕެއިނަށް ދާއިރު ނޭގޭތޯ ކޭސްތައް އިތުރުވާނެކަމެއް.ސަރުކާރުގެ ވަފުދުތައް ނާޗަރަންގީ ކުޅެން ރަށްރަށަށް ދާއިރަކުނޭގޭތޯ ކޭސްތައް އިތުރުވާނެކަމެއް.ފުރިހަމަ ޒިންމާ މިހާރު މިއޮތް އޮޅި ސަރުކާރާ ދޯހަޅި އެޗްޕީއޭ އިން ނަގަންޖެހޭނެ.މިކަމުންވެސް ހުރިހާދުއްޕާނެއް ނިކަމެތި ރައްޔިތުންނަށް.އެކި ދުއްޕާން ޖައްސައިގެން ރައްޔިތުން ފެލަނީ.މިލިޔަނުން މިލިޔަނުން ވެންޓިލޭޓަރު ގެންނަންށޭ ކިޔާ ކާލީމަވެސް ދެއަހަރުވީއިރުވެސް 25 ލާރިވެސް ނުހޯދުނު.

  2. މީހެއް

    އޮމިކުރޯން އަދި ތިނުން އެހެން ނަމެއް ކިޔާފަ ނަމަވެސް ބިރުވެރިކަން އުފެއްދޭތޯ ބަލަންވާނެ . މިހާރުވެސް މިތިބީ ހާލުގަޖެހިފަ މިގައުމުގެ މީހުން. ދެންތިނުން އެހެން ނަމެއް ނުކިޔާނެތަ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ