ހުރާ އިން މީހަކު ޕޮޒީޓިވްވެ، މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކ.ހުރާ އިން މީހަކު ޕޮޒީޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށް މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ، އިއްޔެގެ ވަގުތެއްގައި ބަލިވެގެން ހުރާ އިން މާލެ ފޮނުވާލި އުމުރުން ދުވަސްވީ ފިރިހެނެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހުރާ މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަން އެރަށު ސިއްހީ މަރުކަޒުން ވަނީ މިނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ.

ހުރާ ކައުންސިލްގެ ރައީސް އީސާ މުހައްމަދު މިއަދު ވިދާޅުވީ، ރަށުން ޓެސްޓް ނުހެދޭތީ ޑޮކްޓަރުންގެ ލަފާގެ މަތިން މާލެ ގެންދިޔައީ އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށާއި، އެމީހާ ގެންދިޔައީ ޑޮކްޓަރަށް ދައްކައި ޓެސްޓްތަކެއް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އެމީހާ އައިޖީއެމްއެޗް އަށް ގެންދިޔަ އިރު އޮންނަ އުސޫލުގެ ތެރެއިން އެމީހާ ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. އަދި ވަނީ ޕޮޒިޓިވްވެފައެވެ.

އީސާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ދިޔަ އިރު، ފައްސިވި މީހާއާ 11 މީހަކު ބައްދަލުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ތިން ގެއެއްގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ކަރަންޓީންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ