ލެޑިދާނެކަމަށް ފަހަތަށް ޖެހުމަކީ ދަންނަކަމެއް ނޫންކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ މިނިސްޓަރ ފައްޔާޒު ދެއްކެވި ވާހަކަ ފުޅާކާއި ގުޅިގެން އައްޑޫގެ ތަރައްޤީގައި "ހައިޖަމްޕެއް" ޖަހާއިރު އަނގަވަައް ލެޑިދާނެކަމަށް މީޑިއާއަކުން ރިޕޯޓް ކުރުމައި ގުޅިގެންނެވެ.
އެގޮތުން ފައްޔާޒު ވިދާޅުވީ ލެޑިދާނެކަމަށް ފަހަތަށް ޖެހުމަކީ ދަންނަ ކަމެއްނޫންކަމަށާއި، ކަމެއް ހާޞިލް ކުރުމަށް ރިސްކް ނަގަމުންދާނެކަމަށެވެ.
އެކަމުގައި ފަހަރެެއްގައި ލެޑިވެސްދާނެކަމަށާއި، ނަމަވެސް ފޮޅާފަ ތެދުވެވިއްޖެއްޔާ އަނެއްކާވެސް ޖަމްޕް ޖަހާނެކަމުގައި ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
"ލެޑިވެސްދާނެ ފަހަރުގަ. ފޮޅާފަ ތެދުވެވިއްޖެއްޔާ އަނެއްކާވެސް ޖަމްޕްއަށް ޓްރައި ކުރާނަން" ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވަނީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި އައްޑޫ ސިޓީއަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވެއްގައިީ މާލެ ސިޓީއަށް ފަހު އެންމެ ބޮޑަށް ތަރައްޤީވެފައި އޮތީ އައްޑޫ ސިޓީ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީއަކީ މާލެ ފިޔަވައި އެންމެ އަވަހަށް އެންމެ ބޮޑު ބަދަލެއް ގެނެވޭނެ ސަރަޙައްދުކަމަށް ވިދާޅުވެފައެވެ.
ފައްޔާޒު ވަނީ މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގުމަށް ރޭވިފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ.




