މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު | ފޮޓޯ: މަޖިލިސް

އެޗްޕީއޭ ކުށްވެރިކުރަނީ އޮޅުވާލަން، އަދިވެސް ނުފޫޒު ފޯރުވާ: ސަޢީދު

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ކުށްވެރިކޮށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މިއަދު އެޗްޕީއޭގެ އިސްވެރިން ހާޒިރުކުރައްވައި ސުވާލު ކުރެއްވުމާއި ގުޅިގެންނެވެ.

ސަޢީދު ވިދާޅުވީ، އެޗްޕީއޭ ކުށްވެރިކޮށް ސަރުކާރުގެ މެންބަރުން މައްސަލަ ހުށަހަޅަނީ އިންތިޚާބު ގާތްވުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ހާލަތު އޮޅުވާލުމުގެ ގޮތުން ކަމަށެވެ.

"ސަރުކާރުން އެޗްޕީއޭއަށް ނުފޫޒު ފޯރުވުން ހުއްޓާނުލާދަނީ ކުރިއަށް." ސަޢީދު ވިދާޅުވިއެވެ.

(އެޗްޕީއޭ) ގެ ވެރިން ރައްޔިތުންގެ މަޖިލިހަށް ޙާޟިރުކުރަން ނިންމާފައިވަނީ ޤާނޫނާއި ޚިލާފުވި ކަމުގެ ތުޙުމަތުގައެވެ. އެޗްޕީއޭ މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ، މިހާރު ފެެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވާ ބައެއް މެމްބަރުން އަންނަނީ އެޗްޕީއޭއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާކަމަށް ތުޙުމަތު ކުރަމުންނެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ގޮތުގައި ކޮވިޑް-19 އަކީ މިސަރުކާރު ދަމަހައްޓާ އަސާގަނޑުކަމަށާއި، އެޗްޕީއޭއަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއްކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ