ޔާމީނު ޖަލުގައި ބާއްވަނީ ވާދަކޮށްލަން ޞޯލިޙް ޖެހިލުންވާތީ - ސައީދު

ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޖަލުގައި ބަންދުކޮށްފައި ބާއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް، ރައީސް ޔާމީނާއި ވާދަކޮށްލަން ޖެހިލުންވާތީކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، އިންސާފު ހޯދައިނުދީ ރައީސް ޔާމީން 999 ދުވަހު ޖަލުގައި ހައްޔަރުކޮށް ބާއްވާ ބޭއްވުމަކީ ރައީސް ޞޯލިޙްގެ އަނިޔާކަމަށެވެ.

ޖަލުގައި ބަންދުކޮށްގެން ގެންގުޅެނީ ރައްޔިތުންގެ މެޖޯރިޓީ އަދި ތާއީދުއޮތް ހަމައެކަނި ކެނޑޭޓް ކަމަށާއި، އެހެން އެކަން ކުރަމުންދަނީ ސަރުކާރުން ރައީސް ޔާމީނާއި ވާދަކޮށްލަން ޖެހިލުންވާތީކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައިނުވާނެ ކަމަށެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިނުގަނެފައެވެ. އެ ނިންމުން ސްޕްރީމް ކޯޓަށް ހުށައެޅުމުން އެ ކޯޓުންވެސް ނިންމާފައިވަނީ ޔާމީންގެ ކެންޑިޑަސީ އިލެކްޝަނުން ބަލައިނުގަންނަން ނިންމީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އިތުރުން ބައެއް ފުންނާބުއުސް ޤާނޫނީ ބޭފުޅުން އަދިވެސް ވިދާޅުވަނީ އެ ނިންމުންތައް ގޯސް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ