ކ. ދިއްފުށިން ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
މިއަދު އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންނަކީ ރ. އުނގޫފާރަށް ދަތުރު ކުރި ދެ މީހުންނެވެ.
އުނގޫފާރު ކައުންސިލްގެ ނައިބުރައީސް އިބްރާޙިމް މުބައްސިރު މި ނޫހަށް ވިދާޅުވީ، މިއަދު އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 3 ގައި ރ. އުނގޫފާރަށް ދަތުރު ކޮށްފައިވާ ދެ އަންހެނުންކަމަށެވެ. ޑޮކްޓަރަށް ދައްކަން އުނގޫފާރަށް ދިޔަ އެ ދެމީހުން އެނބުރި ރަށަށް އައިސްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުކަމަށްވެސް މުބައްސިރު ވިދާޅުވިއެވެ.
މުބައްސިރު ވިދާޅުވީ އެ މީހުން ޕޮޒިޓިވްކަން އެނގިފައި ވަނީ އުނގޫފާރު ކޭސްއާއި ގުޅިގެން އެރަށަށް ދަތުރު ކޮށްފައިވާ މީހުން ޓެސްޓް ކުރުމަށް އެންގުމުން ކުރި ޓެސްޓުންކަމަށެވެ. ދިއްފުށިން ވަނީ 32 މީހަކު އުނގޫފާރަށް ދަތުރު ކުރުމާއި ގުޅިގެން ކޮވިޑަށް ޓެސްޓްކޮށްފައެވެ.
ދިއްފުށިން ދެ މީހުން ޕޮޒިޓިވް ވި އިރު ކޮންޓެކްޓްންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާކަމަށާއި، މިހާރު ކުރިޔަށް ދަނީ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށް މުބައްސިރު ވިދާޅުވިއެވެ.
އެރަށް މިހާރު ވަނީ މޮނިޓަރިންއަށްލައި، ހުއްދަ ނެތި އަރާފޭބުން މަނާކޮށްފައެވެ.





ހިޔާލު
Ungoofaarah dhathuru kuri meehaku dhiffushin bostive vee kihineh baa!!??