ވިލިނގިލީގައި މަރުޙަބާ ދެއްނެވުމަށް ހަދާފައިވާ ގިޑިގެއެއް - ފޮޓޯ: ފްލިކާ

ހާއްސަ ހުއްދައިގެ ދަށުން ދިޔަ މީހަކު ޕޮޒިޓިވްވެ، ވިލިނގިއްޔަށް އަރާ ފޭބުން މަނާކޮށްފި

ހާއްސަ ހުއްދައިގެ ދަށުން ދިޔަ މީހަކު ޕޮޒިޓިވްވެ، ގއ. ވިލިނގިއްޔަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލިޔުމަކުން އެކަން ވިލިނގިލީ ކައުންސިލަށް އަންގާފައިވާއިރު، މަޢުލޫމާތު ލިބޭ ގޮތުގައި އެރަށް މޮނިޓަރިންއަށް ލާފައިވަނީ ޚާއްސަ ހުއްދައާއި އެކު އެރަށަށް ދިޔަ އަންހެނަކު ދެދުވަހު އެރަށުގައި މަޑުކުރުމަށް ފަހު މާލެ އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެހެންކަމުން އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ނަމަވެސް މިކޭސްއާއި ގުޅޭ އިތުރު މަޢުލޫމާތެެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
5
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ