ޚިޔާލުފާޅުކުރުމަށް ހުރަސްއަޅައި ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް ސަރުކާރާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
ޕީޕީއެމް، ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވިދާޅުވީ، އެކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ޢާއިލާއަށް ނުޙައްޤުން އަނިޔާވެރިވެ، ޖަލުގައި ބަންދުކޮށްފައި ބަހައްޓައިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގއ. ވިލިނގިއްޔަށް މިނިވަންކަމާއެކު ކެމްޕެއިން ދަތުރެއްގައި އަރާވަޑައިގަތުމުން އެކަމާއި ދެކޮޅަށް އަޑު އުފުލައި، ސުލްޙަވެރިކަމާއެކު އިޙުތިޖާޖު ކުރަމުން ދިޔަ އެރަށުގެ އެތައް ރައްޔިތުންނަކަށް ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އަނިޔާކޮށްފައިވާ ކަމަށާއި، އަނިޔާކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ޤާނޫނުއަސާސީއާއި ޤާނުނު ތަކުން ދިވެހި ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި އިޙުތިޖާޖު ކުރުމުގެ ޙައްޤަށް ސަރުކާރުން އަރައިގަނެ، މިކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ގއ.ވިލިނގިލީގެ 3 ބޭފުޅަކު އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން މިކޯލިޝަނުން ބަލައިނުގަންނަ ވާހަކަ ދެންނެވީން." ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަނިޔާ ނުކުރޭ! pic.twitter.com/FFCoDDQhiD
— Waddey (@waddey_) August 10, 2023
ސުލްޙަވެރިކަމާއެކު، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ޤާނޫނުއަސާސީ އިން ދިވެހިރައްޔތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކަށްވާއިރު، އެކަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި، ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލުހުންނަށް ގޮވާލާކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވިއެވެ.
ތާއީދެއްވެސް، ވޯޓެއްވެސް ނުލިބޭނެ! މިއީ ބޮޑުވަރު. pic.twitter.com/AyBYCfaqOO
— Luke (@lucasjalyl) August 10, 2023
މީގެ އިތުރުން ޕީޕީއެމްގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ކުރަމުން ގެންދާ އަނިޔާ ހުއްޓާލައި، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.




