މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 128 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 4،336 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 128 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 91 މީހުން، އަތޮޅުތެރޭ ރައްތަކުން 11 މީހުން، އަދި ރިސޯޓުތަކުން 26 މީހުންނެވެ.
✳️ COVID-19 : Case Updates
As of 23.03.2021, 06:00 PM
Malé area: 91
Inhabited islands: 11
Operational Resorts: 26
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 128 pic.twitter.com/lvm2ZzzANB
— Health Protection Agency (@HPA_MV) March 23, 2021
މިހާތަނަށް ކޮވިޑް-19 އަށް 22،790 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 20،226 އެވެ.
މިވަގުތު 2،491 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 102 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.




