ނައިފަރު - ފޮޓޯ: ނައިފަރު ކައުންސިލް

ފެލިވަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޅ. ފެލިވަރު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމީހާ ޕޮޒިޓިވް ވެފައި ވަނީ ކޮވިޑް-19 ގެ އަލާމަތްތައް ފެނިގެން އެ އަތޮޅު ނައިފަރު ގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ.

ޕޮޒިޓިވް ވެފައިވާ މީހާއަކީ ނައިފަރު މީހެކެވެ.

އެމީހާ ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއަދު ނައިފަރުން މީހަކު ޕޮޒިޓިވް ވެފައިވާއިރު، އުނގޫފާރަށް ދަތުރު ކުރި ނަރުހެއްވެސް އެރަށުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހާއަކީ އެމީހާއާއި ކޮންޓެކްޓްވެފައިވާ މީހެއްކަމަށެވެ.

އެގޮތުން ގިނަ ބަޔަކު އެ ނަރުސްއާއި ކޮންޓެކްޓްވެފައިވާކަމަށް އެމީހާ ވަނީ މަޢުލޫމާތު ދީފައެވެ.

އެއާއިއެކު ނައިފަރުން ޖުމްލަ 3 މީހަކު މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ދެން އެރަށުން ޕޮޒިޓިވް ވެފައިވާ މީހަކީ ހޯމް ކަރަންޓީގައި ގައި ހުރި މީހެކެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ