ކުޑަކުއްޖަކު ރޭޕްކުރި މައްސަލައަކާއި ގުޅިގެން މުޒާހަރާ ކުރަނީ

ރާއްޖޭގެ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައަކާއި ގުޅިގެން އެ ރަށުގެ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

މުޒާހަރާގެ ބައެއް ވީޑިއޯތައް މިހާރު މީސް މީޑިއާގައި ޙިއްސާކޮށްފައިވާއިރު، އެރަށު ރައްޔިތުން މުޒާހަރާ ކުރަމުންދާތަން ފެންނަނީ އެރަށު ފުލުހުންގެ އިދާރާގެ ކުރިމަތީގައެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންގެ އިދާރާގެ ދޮރުގައި އެތަށް ފަހަރަކު ޖަހައި ދޮރު ވައްޓާލަން މަސައްކަތްކުރާތައްވެސް މި ވީޑިއޯތަކުން ފެނެއެވެ.

ފުލުހުން ވިދާޅުވީ، ރޭޕް ކޭސް އާއި ގުޅިގެން އެހާދިސާ ހިނގި ރަށުގެ ފުލުހުންގެ އިދާރާގެ ކުރިމަތީގައި މުޒާހަރާކުރަމުންދާކަމަށާއި، އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި އަނިޔާ ލިބިފައިވާ ފަރާތް ރައްކާތެރިކުރުމުގެ ގޮތުން ތަޙުޤީޤު ކުރެވޭ މިފަދަ މައްސަލަތަކުގެ ތަފްޞީލް ހާމަނުކުރާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަން (ނ، ރ، ބ، ޅ އަތޮޅު) ހިމެނޭ ރަށެއްގައި މިމަހުގެ ތިންވަނަ ދުވަހު 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 11ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ޖެންޑާ މިނިސްޓްރީން މިއަދު ކުއްޖާގެ ބަޔާން ނަގާފައިވާއިރު އެކުއްޖާ ވަނީ ކަން ހިނގާދިޔަ ގޮތް ވެސް ކިޔައިދީފަ އެވެ. އަދި އެކަމުގައި އެރަށުގެ ސްކޫލު ޓީޗަރަކު ވެސް ބައިވެރިވާ ކަމަށް ކުއްޖާ ބުނާ ކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ރައްޔިތުން މުޒާހަރާ ކުރަމުންދާއިރު، މިމައްސަލާގައި އެކުއްޖާ ރޭޕް ކުރިކަން އަދި ތިން މީހަކު ހިމެނޭ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްވެސް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ