މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 139 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް 6،659 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 139 ސާމްޕަލް ކަމަށެވެ.
އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 89 މީހުން، އަތޮޅުތެރޭ ރައްތަކުން 31 މީހުން، އަދ ރިސޯޓުތަކުން 19 މީހުންނެވެ.
✳️ COVID-19 : Case Updates
As of 24.03.2021, 06:00 PM
Malé area: 89
Inhabited islands: 31
Operational Resorts: 19
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 139 pic.twitter.com/NWlcHRfOzE
— Health Protection Agency (@HPA_MV) March 24, 2021
މިހާތަނަށް ކޮވިޑް-19 އަށް މުޅި ޖުމްލަ 22،929 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 20،359 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 2،497 މީހުންނަށް މިބައްޔަށް ފަރުވާދެމުންދާއިރު މީގެތެރެއިން 103 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




