ހއ. ބާރަށް - ފޮޓޯ: ބިގީސް ގްރަފީ

ބާރަށު އިސް މެޖިސްޓްރޭޓްގެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމައިފި

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީ އާއޮ ގުޅޭ ގޮތުން ތަޙްޤީޤު ކުރަމުން ދިޔަ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ޖޭއެސްސީން ނިންމައިފިއެވެ.

އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވިދާޅުވެފައި ވަނީ އިސް މެޖިސްޓްރޭޓް ޢަބްދުލްޣަނީ ޢަލީގެ ސުލޫކާ ގުޅިގެން ތަޙުޤީޤު ކުރިޔަށް ގެންދަން ޖެހޭފަދަ އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ތަޙުޤީޤު ކޮމިޓީއަށް ފާހަގަނުވާތީ، މި މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

އިސް މެޖިސްޓްރޭޓް ޢަބްދުލްޣަނީ އާއި ގުޅޭ ގޮތުން ހުށައެޅިފަިއވާ މައްސަލައަކީ ޤާނޫނުއަސާސީއާ ޚިލާފަށް ދިފާއީ ވަކީލެއްގެ
ޙައްޤުނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަމަށްބުނެ ހުށައެޅިފައިވާ މައްސަލައެކެވެ.

އެގޮތުން މި މައްސަލަ ތަޙްޤީޤުކުރުމަށް 2020 ޖޫން 21 ވަނަ ދުވަހު ޖޭއެސްސީ އިން ނިންމުމާ ގުޅިގެން އެ މައްސަލަ ތަޙްޤީޤު ކުރުމަށް އެކުލަވާލި ތަޙްޤީޤު ކޮމިޓީން މި މައްސަލައާ ގުޅޭގޮތުން ކުރި ތަޙްޤީޤުގައި ސާފުކުރެވުނު މަޢުލޫމާތަށް ރިޢާޔަތްކުރާއިރު، އިސް މެޖިސްޓްރޭޓް ޢަބްދުލްޣަނީ ޢަލީގެ ސުލޫކާ ގުޅިގެން ތަޙުޤީޤު ކުރިޔަށް ގެންދަން ޖެހޭފަދަ އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ތަޙުޤީޤު
ކޮމިޓީއަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.

އެހެން ކަމުން މި މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ