ކ. ހުރާ - ފޮޓޯ: ހުރާ ކައުންސިލް

ހުރާ އިން ޕޮޒިޓިވް މީހުންގެ އަދަދު 18 އަށް!

ކ. ހުރާ އިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.

ހުރާ ސިއްހީމަރުކަޒުން ބުނީ، 21 މާރިޗް 2021 ވީ އާދީއްތަ ދުވަހު އެމަރުކަޒުން މާލެ ފޮނުވާލި ބަލިމީހަކު ކޮވިޑް19-އަށް ޕޮޒިޓިވްވުމާއި ގުޅިގެން ނެގި ކޮންޓެކްޓް ޓްރޭސިންގ އަދި ރެންޑަމް ސާމްޕްލިންގ ސާމްޕަލްތަކުން އިތުރު 9 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެންކަމުން އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 18 އަށް އަރާފައިވާކަމަށްވެސް އެރަށު ސިއްހީ މަރުކަޒުން މަޢުލޫމާތުދެއެވެ. މިއީ މިއަދުގެ 17:00 އާއި ހަމައަށް ލިބިފައިވާ އަޕްޑޭޓުގެ ތަފާސް ހިސާބެވެ. މިއަދު 10:00 ގައިވެސް ހުރާ ސިއްހީ މަރުކަޒުން އެރަށުގެ ކޮވިޑު ޙާލަތުގެ އަޕްޑޭޓެއް ގެނެސްދީފައިވާއިރު، އެ އަޕްޑޭޓުގައިވެސް 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް މަޢުލޫމާތު ދީފައިވެއެވެ.

ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އިތުރު ޓެސްޓެއް ހެދުމަށް އެރަށުން މާލެ ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ދިޔަ އިރު، ޕޮޒިޓިވްވި މީހާއާ 11 މީހަކު ބައްދަލުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ