ރާއްޖެއިން މިއަދު އިތުރު 162 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެ، މިވަގުތު ރާއްޖޭގައި ހުރި އެކްޓިވް ކޭސްގެ އަދަދު 2500 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް 4،318 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 162 ސާމްޕަލް ކަމަށެވެ.
އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 99 މީހުން، އަތޮޅުތެރޭ ރައްތަކުން 45 މީހުން، އަދި ރިސޯޓުތަކުން 15 މީހުންނެވެ.
✳️ COVID-19 : Case Updates
As of 25.03.2021, 06:00 PM
Malé area: 99
Inhabited islands: 45
Operational Resorts: 15
Non-operational Resorts: 0
Live aboard: 2
Islands under development: 0
Industrial/islands used for other purposes : 1Total number of cases: 162 pic.twitter.com/86gNoy8MIR
— Health Protection Agency (@HPA_MV) March 25, 2021
މިހާތަނަށް ކޮވިޑް-19 އަށް މުޅި ޖުމްލަ 23،091 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 20،439 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 2،579 މީހުންނަށް މިބައްޔަށް ފަރުވާދެމުންދާއިރު މީގެތެރެއިން 103 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




