ކ. ހުރާ އިން ކޮވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނިއްޖެއެވެ.
އަދި ފަހުން ފެނުނު ޕޮޒިޓިވް މި ކޭސްތަކާއެކު އެރަށުން ކޮވިޑު ޖެހުނު މީހުންގެ އަދަދު މިހާރު 28 އަށް އަރާފައިވާކަމަށް ހުރާ ސިއްހީ މަރުކަޒުން ބުނެއެވެ. ހުރާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ ހަތަރު މީހަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިން ވެސް ހިމެނެއެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އިތުރު ޓެސްޓެއް ހެދުމަށް އެރަށުން މާލެ ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ދިޔަ އިރު، ޕޮޒިޓިވްވި މީހާއާ 11 މީހަކު ބައްދަލުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
ހުރާގެ ގިނަ ގެތަކެއް މިވަގުތު ކަރަންޓީނުކޮށްފައިވާއިރު، އަދިވެސް ގިނަ އަދަދެއްގެ ސާމްޕަލްތަކެއްގެ ނަތީޖާ ނުލިބެއެވެ.
ހުރާ މިހާރުވެސް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ.
https://feshun.wonstasite.com/116998




