ދިއްފުށި

ދިއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 7 ކަށް!

އިތުރު މީހަކު ޕޮޒިޓިވްވެ، ކ. އަތޮޅު ދިއްފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 7 ކަށް އަރައިފިއެވެ.

ދިއްފުށީ ކައުންސިލްގެ ނައިބުރައީސް އިބްރާޙިމް މުބައްސިރު މި ނޫހަށް ވިދާޅުވީ، މިއަދު އެރަށުން ފެނުނު ކޮވިޑް ކޭސްއާއެކު އުނގޫފާރު ކޭސްއާއި ފުޅިގެން އެރަށުން ކޮވިޑު-19 އަށް ޕޮޒިޓިވެފައިވާ މީހުންގެ އަދަދު 7 ކަށް އަރާފައިވާކަމަށެވެ. އެގޮތުން މިއަދު އެކަކު ޕޮޒިޓިވް އަދި އިއްޔެ 3 މީހުން އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މުބައްސިރު ވިދާޅުވިއެވެ.

ދިއްފުށިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 3 ގައި ރ. އުނގޫފާރަށް ދަތުރު ކޮށްފައިވާ ދެ އަންހެނުންކަމަށެވެ. ޑޮކްޓަރަށް ދައްކަން އުނގޫފާރަށް ދިޔަ އެ ދެމީހުން އެނބުރި ދިއްފުއްޓަށް އައިސްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އަދި މިކޭސްއާއި ގުޅިގެން ކޮންޓެކްޓްންގެ ގޮތުގައި 100 އަށް ވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާއިރު، ފަހުން ޕޮޒިޓިވްވެފައިވަނީ އެ ދެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

ދިއްފުށި މިހާރުވެސް އޮތީ މޮނިޓަރިންގައެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދަ ނެތި އެރަށް އަރާފޭބުމަކީ މިހާރު މަނާކަމެކެވެ.

މިލިޔުން ކިޔާލުމުން
5
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އައިޝާ

    ލިޔާނަމަ ސައްހަ މައުލޫމާތު ލިޔެލާ .
    އަންހެނަކާ ކުޑަ ކުއްޖެއް (12 އަހަރުގެ )

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ