ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ އަދަދު 146

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ އަދަދު 146 އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 2،948 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 146 ސާމްޕަލް ކަމަށެވެ.

އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 59 މީހުން، އަތޮޅުތެރޭ ރައްތަކުން 11 މީހުން، ރިސޯޓުތަކުން 10 މީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން 66 މީހުންނެވެ.

މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 އަށް 23،237 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 20،529 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު2،635 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 100 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ