ދުވާލެއްގެ މައްޗަށް ރާއްޖެ އައި ފަތުރުވެރިންގެ އާ ރެކޯޑެއް!

ކޮވިޑް-10 އާއި ގުޅިގެން ރާއްޖޭގެ ބޮޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން، އިއްޔެއަކީ ދުވާލެއްގެ މައްޗަށް އަންނަ ރާއްޖެ އަންނަ ފަތުރުވެރިންގެ އާ ރެކޯޑެއް ޤާއިމްކުރި ދުވަހެއް ކަމަށް ޓުއުރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ވިދާޅުވީ، އިއްޔެއަކީ އެއްދުވަސްތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަސްކަމަށެވެ. އެގޮތުން، އިއްޔެ އައި ފަތުރުވެރިންގެ އަދަދު 5275 ފަހަނަ އަޅާފައިވާ ކަމަށެވެ.

މި ރެކޯޑު ގާއިމްކުރެވުމާއެކު، މިނިސްޓްރީން ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިންޑަސްޓްރީ ޕާޓްނަރުންނާއި އަދި ހާއްސަކޮށް މަސައްކަތްތެރިން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 25 ގެނިޔަލަށް 272،652 ޓޫރިސްޓުން މި އަހަރު ތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ