ކޮވިޑް-19: ހިންނަވަރުވެސް މޮނީޓަރިންއަށް!

ޅ. ހިންވަރުން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށްވެސް މޮނީޓަރިންއަށް ލައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ، ހިންނަވަރުން ބަލީގެ އަލާމަތް(ރޯގާގެ އަލާމާތް)ފެނިގެން ޓެސްޓުކުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށާއި، ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިން އަށް ލައިފައިވާކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެއީ އެއްވެސް ކްލަސްޓާއަކާއި، ނުވަތަ ޕޮޒިޓިވް މީހަކާއި ދިމާވެފައިވާ މީހެއްކަން ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިންނަވަރުން ޕޮޒިޓިވް ކޭސްއެއް ފެނި އެރަށް މިހާރު މޮނީޓަރިން އަށް ލާފައިވާއިރު، އެ އަތޮޅު ނައިފަރައި ފެލިވަރުން ކޭސްތަކެއް ފެނި އެ ދެރަށް ވެސް އޮތޯ މޮނީޓަރިންގެ ހާލަތުގައެވެ.

މިމަހުގެ 23 ވަނަ ދުވަހު ޅ.ނައިފަރުން ފެނުނު ކޯވިޑްގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން، ފެލިވަރު މޮނީޓަރިން އަށް ލީއިރު، ފެލިވަރުން މިހާތަނަށް  ވަނީ 66 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެއެވެ. އަދި  ނައިފަރުން ތިން ކޭސް ފެނިފައިވާއިރު އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފެލިވަރުގައި މަސައްކަތްކުރާ ނައިފަރު މުވައްޒަފެއްވެސް ހިމެނެއެވެ.

މީގެ އިތުރުން، ޅ. އަތޮޅު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވި ނައިފަރު މީހަކާއި،  އޭނާގެ ދެ އެހީތެރިންނާއި، އިތުރު ބަލިމީހެއްގެ އެހީތެރިއެއްވެސް ޕޮޒިޓިވް ވުމާއި ކުޅިގެން ހދ. ކުޅުދުއްފުށިވެސް އޮތީ މޮނީޓަރިން އަށް ލައިފައެވެ.

މާލެ ސަރަހައްދު ފިޔަވާ، އަތޮޅު ތެރޭގެ ރަށްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަލެއް އިތުރުވަމުން ދާއިރު، ހދ އަތޮޅާއި، ރ. އަތޮޅާއި ބ އަތޮޅާއި އަދި ކ އަތޮޅުގެ ރަށްރަށުންވެސް ކޮވިޑް-19 ގެ ކޭސްތައް ފެނި ބައެއް ރަށްތައް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ރާއްޖެ އިން މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 66 މީހުން ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ