ކުޅުދުއްފުށީ ސިޓީގެ މޮނިޓަރިން އުވާލިކަމަށްބުނެ، ދައުރުވަނީ ސައްޙަނޫން ލިޔުމެއްކަމަށް ކުޅުދުއްފުށީ ރީޖިނަލް ހޮޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ، ކުޅުދުއްފުށީ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލި ކަމަށް ބުނެ ދައުރު ވަމުން ދާ ލިޔުމަކީ ބަދަލު ކޮށްގެން ދައުރު ކުރަމުން ގެންދާ ލިޔުމެއްކަމަށެވެ.
އަދި ދައުރުރުވަމުންދަނީ މީގެކުރިން އެރަށް މޮނިޓަރިންއަށް ލުމަށްފަހު، މޮނިޓަރިން އުވާލި ލިޔުމެއްގެ ތާރީޚް ބަދަލުކޮށްގެންކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް ކުރާ މިފަދަ އަމަލުތައް އެ ހޮސްޕިޓަލުންވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ކުޅުދުއްފުށި ސިޓީ އެންމެ ފަހުން މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވުމާއި ގުޅިގެންނެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ޕޮޒިޓިވުވި މީހަކީ ޅ. އަތޮޅު ހޮސްޕިޓަލުން ރެފަރ ކުރި ބަލިމީހެކެވެ. އަދި އެ ބަލިމީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި ފަހުން އެ ބަލި މީހާ ކައިރީގައި އެޑްމިޓްކޮށްފައިވާ ބަލި މީހާވެސްވަނީ ފަހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ.
މި ކޭސްއާއި ގުޅިގެން ކުޅުދުއްފުށިން މިހާތަނަށް ޖުމްލަ 4 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ކަމުގައި ވާ ނަމަ ކޮވިޑް ހޮޓްލައިން 7606688 އާ ގުޅާ މައުލޫމާތު ހިއްސާ ކުރުމަށްވެސް ޅުދުއްފުށީ ރީޖިނަލް ހޮޮސްޕިޓަލުންވަނީ އެދިފައެވެ.




