ދެ އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެ، ރ. އަލިފުށިން އަރާ ފޭބުން މަނާކޮށްފިއެވެ.
އަލިފުށީ ކައުންސިލްގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޔޫޞުފް ފެށުމަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ އުމުރުން ގާތްގަނޑަކަށް 2 ވަރަކަށް އަހަރުގެ ކުޑަ ކުއްޖެއްކަމަށެވެ. އަދި އެ ކުއްޖާ ޕޮޒިޓިވްވިއިރު، އުނގޫފާރު ކޭސްއާއި ގުޅިގެން އެ ކުއްޖާއާއި އެކުއްޖާގެ މަންމަ ހުރީ ކަރަންޓީނު ކުރެވިފައިވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އަލިފުށީ ސިއްޙީ މަރުކަޒުން ބުނީ، ރ. އުނގޫފާރު ކްލަސްޓާރއާއި ގުޅިގެން 25 މާރޗްގައި އެރަށުން ނެގުނު ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރެސިންގެ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އަލިފުށީ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއެވެ.
ކޮންޓެކްޓް ޓްރެސިން ހެދުމަށް އަލިފުށި މިވަގުތު އޮތީ މޮނިޓަރިންގައެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދަ ނެތި އެރަށުން އަރައި ފޭބުމަކީ މަނާކަމެކެވެ.
އުނގޫފާރު ކޭސްއާއި ގުޅިގެން ރ. އަލިފުށީގެ އިތުރު އެހެން ރަށްރަށުންވެސްވަނީ ކޮވިޑް-19 ފެނިފައެވެ. އޭގެތެރޭގައި ކ. ދިއްފުށި، ޅ. ނައިފަރު އަދި ރ. މަޑުއްވަރީ ހިމެނެއެވެ



