މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 166 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 4،283 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 166 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 91 މީހުން، އަތޮޅުތެރޭ ރައްތަކުން 52 މީހުން، ރިސޯޓުތަކުން 11 މީހުން، ފަތުރުވެރިންނަށް ހާއްސަ ކަނޑު އުޅަނދުތަކުން 11 މީހުން، އަދި ސިނާއީ ރައްތަކުން އެކަކެވެ.
✳️ COVID-19 : Case Updates
As of 27.03.2021, 06:00 PM
Malé area: 91
Inhabited islands: 52
Operational Resorts: 11
Non-operational Resorts: 0
Live aboard: 11
Islands under development: 0
Industrial/islands used for other purposes : 1Total number of cases: 166 pic.twitter.com/QfuCxy7u41
— Health Protection Agency (@HPA_MV) March 27, 2021
މިހާތަނަށް ކޮވިޑް-19 އަށް 23،403 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 20،618 އެވެ.
މިވަގުތު 2،712 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 98 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



