ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް - ފޮޓޯ: އަވަސް

އެއް އާއިލާއެއްގެ ފަސް ކުދިން ދައުލަތަށް ނަގައިފި

ދެ މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެޭހެން ނ.ލަންދޫގެ އެއް އާއިލާއެއްގެ ފަސް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދެމަފިރިން ދަރިންނަށް މާބޮޑު އަޅާލުމެއް ނުބަހައްޓާ ކަމަށާއި އެންމެ ތުއްތު ކުއްޖާގެ އިތުރުން ދެން ތިބި ކުދިން ސްކޫލަށް ވެސް ނުފޮނުވާ ކަމަށްވެއެވެ. އަދި މިކުދިންގެ މަންމަ އާއި ބައްޕަ ވެސް ގަދަވެ ސަލާމަތުން ތިބިއިރު މިކުދިންގެ ބައްޕަ އަކީ ރަށުގައި އާމްދަނީ ހޯދުމަށްޓަކައި އެކިކަހަލަ މަސައްކަތްތައް ކޮށް އުޅޭ މީހެއް ކަމަށްވެސް އެރަށު މީހުން ބުނެއެވެ.

އެ އާއިލާ ދިރިއުޅޭ ގޭގެ ބައެއް ފޮޓޯތައް މީސްމީޑިއާގައި އާންމުވެފައިވާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި ގޭގައި އެއްވެސް ވަރަކަށް ސާފުތާހިރުކަމެއް ނެތްއިރު، ތުއްތު ދަރިފުޅު އޮންނަ އެނދު ވެސް ހުރީ ގޮނޑުވެފައެވެ. 

އެދެމަފިރިންގެ ހުރިހާ ދަރިން ރަށުން ގެންދިޔުމުން އެދެމަފިރިން ހިތާމަ ކުރަމުންދާ ކަމަށް އެ ރަށުގެ މީހުން ބުނާއިރު، އެކަމާ ރަށުގެ ބައެއް މީހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ