އޮޅުވެލިފުށިންވެސް އަރާ ފޭބުން މަނާ ކޮށްފި

ޅ. އޮޅުވެލިފުށިންވެސް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އޮޅުވެލިފުށި ހެލްތު ސެންޓަރުން ފެށުމަށް ވިދާޅުވީ، އެރަށް މޮނިޓަރިންއަށް ލާ، ރަށުން އަރާ ފޭބުން މަނާކޮށްފައިވަނީ ފެލިވަރުގައި މަސައްކަތްކުރާ މީހަކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ. އެ ސެންޓަރުން މަޢުލޫމާތު ދޭ ގޮތުގައި އޮޅުވެލިފުށި މީހަކާއި އިނދެގެން އެރަށުގައި ދިރިއުޅެމުން ގެންދާ މި މީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 25 ގައެވެ. އަދި މިއަދު ނަތީޖާ ލިބިފައިވާއިރު އެމީހާވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އަދި ފެލިވަރު ކޭސްތަކާއި ގުޅިގެން މިމީހާ ހުރީ ކަރަންޓީނު ކުރެވިފައިކަމަށާއި، އަދި އެމީހާއާއި ކޮންޓެކްޓްވި މީހުންނާއި އެގެތަށްވެސް ކަރަންޓީނަށް ކުރިން ލެވިފައިވާކަމަށް އޮޅުވެލިފުށި ހެލްތު ސެންޓަރުން މަޢުލޫމާތުދެއެވެ. އެހެންކަމުން މިކޭސް އާއި ގުޅިގެން މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ވެގެން ކަރަންޓީނު ކުރެވިފައިވާ މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތެވެ.

އެގޮތުން އެރަށުން މިއަދު ޕޮޒިޓިވްވި ފަރާތާއި ދިމާވެފައިވާ ފަރާތެއްވާނަމަ 9131971 ނަންބަރާއި ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށް އޮޅުވެލިފުށި ހެލްތު ސެންޓަރުންވަނީ އެދިފައެވެ.

އޮޅުވެލިފުށިންވެސް މިއަދު ޕޮޒިޓިވްވި މީހާ އެރަށަށް އައިސްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ޅ. ފެލިވަރުން މިހާތަނަށް 63 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިހާރުވެސް އެރަށް އޮތީ މޮނިޓަރިންގގައެވެ.

އޮޅުވެލިފުށީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއް ކޮވިޑް-19 އާއި ގުޅިގެން މިހާރުވެސް މޮނިޓަރިންގއަށް ލާފައިވާއިރު އެރަށްތަކުގެ ތެރޭގައި ހިމެނެނީ، ދ. ކުޑަހުވަދޫ، ރ.އުނގޫފާރު، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ރ.މަޑުއްވަރި، ހުޅުދުއްފާރު، ޅ.ފެލިވަރު، ޅ.ހިންނަވަރު، ރ.އަލިފުށި އަދި ގދ. ތިނަދޫއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފަހުމާ

    މުޅި ޅ އަތޮޅު ފުރަ ބަންދު ގައި ޅ އަތޮޅު ހުރިހާ ރައްޔިތުންނަށް ކެތްތެރިކަން ރައްކައުތެރި ކަން ދެއްވާށި އެވެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ